2016ވަނަ އަހަރުގެ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން ނައިފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިކޮށްގެން ހަރަކާތްތަކެއް ހިންގިފައިވެއެވެ. މިހަރަކާތްތައް ހިންގިފައިވަނީ 27 އޭޕްރީލް 2016 އިން 29 އޭޕްރީލް 2016ގެ ނިޔަލަށް ނައިފަރު ފުޓްބޯޅަދަނޑުގައެވެ.

މިގޮތުން ބޭއްވުނު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުން، މަސްހުނިރޭސް، ރިލޭރޭސް، ފައިގައިތަޅާ އަދި ފުޓްސެލް މުބާރާތެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. މިކުޅިވަރުތަކުގައި ޅ ނައިފަރުގައި އުފެދިފައިވާ މުއައްސަސާތަކުގެ ތެރެއިން ޅ އަތޮޅު ހޮސްޕިޓަލް، މަދްރަސަތުލް އިފްތިތާޙް، ޕޮލިސް، ނައިފަރު ކައުންސިލް، އަތޮޅު ކައުންސިލް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް، ބޭންކު އޮފް މޯލްޑިވްސް ނައިފަރު ބްރާޗް، ނައިފަރު މެޖިސްޓްރޭޓްކޯޓް، ޅ އަތޮޅު ޕޯސްޓް އޮފީސް، ޅ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އަދި ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެފައިވެއެވެ.