ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ފުރަތަމަ ސްޓާފްނައިޓް ބާއްވާފިއެވެ. މިސްޓާފް ނައިޓް ބާއްވާފައިވަނީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައެވެ. ސިވިސްސަރވިސް ދުވަހާއި ގުޅުވައިގެން 01 މެއި 2016 ވަނަ ދުވަހުގެރޭ ވިލާކޮލެޖް ނައިފަރު ކެމްޕަސް ހޯލުގައި ބޭއްވި މިސްޓާފްނައިޓް ޝަރަފްވެރިކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާ މިހާރު ރިޓަޔަރ ކުރައްވާފައިވާ ޅ ނައިފަރު ސިމެންތިގޭ އަލްފާޟިލް ޢަބްދުﷲ ޙަސަންއެވެ.

މިސްޓާފް ނައިޓްގައި މިއިދާރާގެ މުވައްޒަފުންނާއި ކައުންސިލް މެންބަރުންނާއި އަދި  ނައިފަރުގައި ހުރި ސަރުކާރުގެ އެކިއިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެ ލެއްވިއެވެ.