މިދަންނަވާ ކަންތައް 25 މެއި 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 20/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 112 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ހިންނަވަރު ފުރާވަރުގެ ކުދިން ކުށުގެ މާޙައުލާ ދުރުކޮށް، އަދި އެކުދިންނާއި ފުލުހުންނާއި ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މަޤްޞަދުގައި 18 އަހަރުން ދަށުގެ ފިރިހެންކުދިންނަށް އަމާޒުކޮށްގެން ހިންނަވަރު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، ހިންނަވަރުގެ ޒުވާނުންގެ މަރުކަޒާގުޅިގެން ބާއްވާ ފްޓްސަލް މުބާރާތަށް އަތޮޅުކައުންސިލުން ދޭ އެހީއެއްގެގޮތުގައި 2,000/- (ދެހާސް) ރުފިޔާ އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުމް ޚަރަދުކުރުމަށް ނިންމުން.

އަތޮޅުކައުންސިލް އިދާރާގެ ލޯންޗްގައިކުރާ، ކުލީ ދަތުރުތަކަށް ނޯޓިކަލް މޭލަކަށް 250/- (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ނިންމުން.

އަތޮޅުކައުންސިލް އިދާރާއިގެ ލޯންޗްގައި، އަތޮޅާއި މާލެއާއި ދެމެދު ކުރާ ފެރީދަތުރުގައި، ލޯންޗް ޖެއްސުމަށް ހަމަޖެހިފައިވާ ރަށްރަށަށް ދާންބޭނުންވާ ފަރާތްތަކަށް އަގެއްނެގުމަށްފަހު، ޖާގައޮތްނަމަ ޖާގަދިނުމަށް ނިންމުން.

ޖާގަދިނުމަށްހަމަޖެހުނު ރޭޓް

  • ނައިފަރު – ހިންނަވަރު       -/50 ރުފިޔާ
  • ހިންނަވަރު – ނައިފަރު       -/50 ރުފިޔާ
  • ނައިފަރު – ކުރެންދޫ       -/100 ރުފިޔާ
  • ކުރެންދޫ – ނައިފަރު         -/100 ރުފިޔާ
  • ކުރެންދޫ – ހިންނަވަރު       -/100 ރުފިޔާ
  • ހިންނަވަރު – ކުރެންދޫ       -/100 ރުފިޔާ

ފާދިއްޕޮޅު އަތޮޅުކައުންސިލުން 2016 ވަނަ އަހަރު ހިންގާ، ފާދިއްޕޮޅުގެ މިސްކިތްތަކަށް އެހީތެރިވުމުގެ ޕްރޮގްރާމްގެދަށުން، ފާދިއްޕޮޅުގެ މިސްކިތްތަކަށް 2,10,000/- (ދެލައްކަ ދިހަހާސް) ރުފިޔާ، އަތޮޅު ކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.