ފާދިއްޕޮޅު އަތޮޅުކައުންސިލުން 2016 ވަނަ އަހަރު ހިންގާ، ފާދިއްޕޮޅުގެ މިސްކިތްތަކަށް އެހީތެރިވުމުގެ ޕްރޮގްރާމްގެދަށުން، ފާދިއްޕޮޅުގެ މިސްކިތްތަކަށް 2,10,000/- (ދެލައްކަ ދިހަހާސް) ރުފިޔާ ގެ މާލީއެހީއެއް ދެއްވާފިއެވެ. މިއެހީ ދެއްވީ އެކަމަށްޓަކައި މިއަދު ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
ޅ. އޮޅުވެލިފުށި ފިޔަވާ ޅ އަތޮޅުގެ އެހެން ރަށުކައުންސިލްތަކުން ބައިވެރިވި ބައްދަލުވުމުގައި އެހީގެ ލިޔުމުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް މުޙައްމަދުކޮއި އެވެ. ނައިފަރު ކައުންސިލުނާއި ކުރެންދޫ ކައުންސިލުން އެހީގެ ލިޔުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސްއެވެ. އަދި ހިންވަރު ކައުންސިލުން އެހީގެ ލިޔުމުގައި ސޮއިކުރެއްވީ ހިންވަރު ކައުންސިލްގެ ނައިބު ރައީސްއެވެ.
ފަހުގެ ލިއުންތައް
- ވަޒީފާގެ ފުރުޞަތު: މަސައްކަތު
- 2017ވަނަ އަހަރުގެ އަހަރީ މަސައްކަތު ތާވަލް
- ވަޒީފާގެ ފުރުޞަތު: ކޮމްޕިއުޓަރ ޓެކްނީޝަން
- ފާދިއްޕޮޅު ވިނަވި ސްކީމް 2016 (މަތީތަޢުލީމުގެ އެހީގެ ފުރުޞަތު)
- މޮނިޓަރިންގ ރިޕޯޓް 2014 – ޅ. އޮޅުވެލިފުށި ކައުންސިލް
- މޮނިޓަރިންގ ރިޕޯޓް 2014 – ޅ. ހިންނަވަރު ކައުންސިލް
- މޮނިޓަރިންގ ރިޕޯޓް 2014 – ޅ. ކުރެންދޫ ކައުންސިލް
- ވަޒީފާގެ ފުރުޞަތު (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) : ސީނިއަރ އޮފިސަރ، އޮފިސަރ ޓްރޭނީ
- ވަޒީފާގެ ފުރުޞަތު: ލޯންޗް ޑްރައިވަރ
- ވަޒީފާގެ ފުރުޞަތު: ފަޅުވެރި