ޅ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޅ އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް 05 އަހަރު ދުވަހަށް އެކުލާވާލާ ތަރައްޤީ ޕްލޭނާއި ފައިނަންޝިއަލް ޕްލޭން އެކުލަވާލާނޭގޮތުގެ ތަމްރީން ޕްރޮގްރާމެއް ހިންގާފިއެވެ. މިޕްރޮގްރާމްގައި ޅ.އޮޅުވެލިފުށި ފިޔަވާ ޅ.އަތޮޅުގެ އެހެން ހުރިހާ ރަށުކައުންސިލަކުންނާއި ޅ.އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގައި ކިޔަވާދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޙުސައިންއެވެ.

24 މެއި 2016 އިން 26 މެއި 2016 އަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ކޮންމެ ރަށު ކައުންސިލަކުންވެސް ރައްޔިތުންގެ ހިޔާލާއެކީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލާ އެކަންކަމަށް ރިއާޔަތްކޮށް ކޮންމެ 5 އަހަރުން އެއް އަހަރު ހަދަންޖެހޭ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލާން ތައްޔާރު ކުރުމުގެ މުހިންމު ކަމާއި ޕްލޭން ތައްޔާރުކުރާ ގޮތާއި ޕްލޭނެއް ނެތި ރަށް ތަރައްގީ ކުރުމަށް އަދި ތައްޔާރުކުރުމަށް ހުރި ގޮންޖެހުންތަކާއި މިކަމުގައި ރައްޔިތުންނާއި ރަށުގެ މުއައްސަސާތަކުގެ ހިޔާލު ހޯދުމުގެ މުހިންމު ކަމާއި ހިޔާލު ހޯދާނެ ގޮތްތައް އަދި މިކަންކަމުގައި ކައުންސިލްގެ ރޯލަކީ ކޮބައިކަން ބުނެދެވުނެވެ.