މިދަންނަވާ ކަންތައް 10 އޯގަސްޓް 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 30/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 122 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

އަތޮޅުގެ ރަށްރަށުގެ ތަރައްޤީ ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް 3 އަހަރަށް ތައްޔާރުކޮށްފައިވާ، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ 2017 ،  2018 ، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން.

ފާދިއްޕޮޅު އަތޮޅުކައުން އިދާރާގެ ވެބްސައިޓްގެ ފަރުމާކުރުމަށް ޑްރާފްޓްކޮށް ކައުންސިލަށް ހުށަހަޅާފައިވާ އެއްބަސްވުން ފާސްކުރުން.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2017 ވަނަ އަހަރުގެ ބަޖެޓްގެ ޕީ.އެސް.އައި.ޕީ. މަޝްރޫޢުގައި ހިމެނުމަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން ބޭނުންވާ ޅ. އަތޮޅުގެ އޭ.އޭޒޯން ލައިސަންސް ޕްރޮޖެކްޓްގެ ޑްރާފްޓް ފާސްކުރުން.