މިދަންނަވާ ކަންތައް 18 މެއި 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 19/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 111 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ސިވިލްސަރވިސް 2016 ފާހަގަކުރުމަށް ހިންގާ ކުޅިވަރު ޙަރަކާތްތަކާ، ސްޓާރފް ނައިޓަށް ހިނގާނެކަމަށް އީ. ޑީ. ޔުނިޓުން ހުށަހަޅާފައިވާ 13.300/- (ތޭރަހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުންނާއި، އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުމް ޚަރަދުކުރުމަށް ނިންމުން.
ހިންނަވަރު ޒުވާނުންގެ މަރުކަޒުގެ ފަރާތުން 10 ޖޫން 2016 ގައި ޅ. އަތޮޅުގެ ހުރިހާ ރަށަކަށާއި، އަތޮޅުގެ ރިސޯޓްތަކަށާއި، ސިނާއީ މަސައްކަތްކުރާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީމުބާރާތަށް އަތޮޅުކައުންއުންސިލުން ދޭ އެހީއެއްގެ ގޮތުގައި 5,000/-(ފަސްހާސް) ރުފިޔާ ހިންނަވަރު ޒުވާނުންގެ މަރުކަޒަށް ދިނުމަށް ނިންމުން.
ޅ. އަތޮޅުކައުންސިލްގެ 24 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފާސްކޮށް، މިމުބާރާތް ބާއްވާނެ ތާރީޚެއްގެގޮތުގައި 2016 ޖުލައި 14، 15، 16 ކަނޑައަޅާ، މުބާރާތް ބާއްވާނެ ރަށެއްގެގޮތުގައި ޅ. ކުރެންދޫ ކަމަށް މިޖަލްސާއިން ވަނީ ނިންމަވާފައެވެ. އަދި 2016 ވަނަ އަހަރުގެ 31 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ތައްޔާރުވުމުގެގޮތުން، އަތޮޅުމުބާރާތް ބާއްވާނެ ރަށަކާއި، ދުވަހެއް ކަނޑައެޅުމުގެ މައްސަލަ އިދާރީ ބައްދަލުވުމަކަށް ފޮނުވުމަށް ނިންމުން.
ފަހުގެ ލިއުންތައް
- ވަޒީފާގެ ފުރުޞަތު: މަސައްކަތު
- 2017ވަނަ އަހަރުގެ އަހަރީ މަސައްކަތު ތާވަލް
- ވަޒީފާގެ ފުރުޞަތު: ކޮމްޕިއުޓަރ ޓެކްނީޝަން
- ފާދިއްޕޮޅު ވިނަވި ސްކީމް 2016 (މަތީތަޢުލީމުގެ އެހީގެ ފުރުޞަތު)
- މޮނިޓަރިންގ ރިޕޯޓް 2014 – ޅ. އޮޅުވެލިފުށި ކައުންސިލް
- މޮނިޓަރިންގ ރިޕޯޓް 2014 – ޅ. ހިންނަވަރު ކައުންސިލް
- މޮނިޓަރިންގ ރިޕޯޓް 2014 – ޅ. ކުރެންދޫ ކައުންސިލް
- ވަޒީފާގެ ފުރުޞަތު (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) : ސީނިއަރ އޮފިސަރ، އޮފިސަރ ޓްރޭނީ
- ވަޒީފާގެ ފުރުޞަތު: ލޯންޗް ޑްރައިވަރ
- ވަޒީފާގެ ފުރުޞަތު: ފަޅުވެރި