ތަޢާރަފް:

ޅ.ކުރެންދޫ  އަކީ މާލެ އާއި 152.85  ކިލޯމީޓަރ ދުރުގައި އޮންނަ ރަށެކެވެ. ޖުމްލަ އޭރިޔާ 0.21 ކިލޯމީޓަރ ހުންނަ މިރަށުގެ ދިގުމިނަކީ 0.650 ކިލޯމީޓަރ އެވެ. އަދި ފުޅާމިނުގައި 0.375 ކިލޯމީޓަރ ހުރެއެވެ. ކުރެންދޫގައި ޒަމާނީ ފެންވަރުގެ ބޮޑު ހިލައިގެ ބަނދަރެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ކުރެންދޫގެ އާބާދީއަކި 2015 މީހުންނެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންގެ އާބާދީއަކީ 714 ކުޑަކުދިންނެވެ. ކުރެންދޫގައި ރަށުގައި ތިބެގެން ތަޢުލީމް ޙާސިލްކުރާ ދަރިވަރުންގެ ޢަދަދަކީ 363 ދަރިވަރުންނެވެ. ދޮށީ ޢުމުރުގެ 65 އަހަރުން މަތީގެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 125 އެވެ. ކުރެންދޫގައި ދިރިއުޅުން ދޫކޮށްފައިވާ ގޯތީގެ ޢަދަދަކީ 364 ގޯއްޗެވެ. ގެދޮރު ޢިމާރާތް ކޮށްގެން މީހުން ދިރިއުޅޭ ގޭގެ ޢަދަދަކީ 125 އެވެ. ފާދިއްޕޮޅުގައި މީހުން ދިރިއުޅެނީ 04 ރަށުގައެވެ. އަދި ފާދިއްޕޮޅުގައި ހުރި ފަޅުރަށުގެ ޢަދަދަކީ 16 އެވެ. ފާދިއްޕޮޅުގައި ޖުމްލަ 06 ރިސޯޓް އޮވެއެވެ. އަދި އަލަށް ހަދަމުންދާ 02 ރިސޯޓް އެބައޮތެވެ. އަދި ސިނާއީ މަސައްކަތް ކުރާ 01 ރަށް ފާދިއްފޮޅުގައި އޮވެއެވެ.

ތަޢުލީމް:

ފާދިއްޕޮޅު އަތޮޅުމަދަރަސާ ބިނާކޮށްފައިވަނި ކުރެންދޫގައެވެ. އަތޮޅުމަދުރަސާގައި ގްރޭޑްޑް 1 އިންފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދެއެވެ. ދިވެހި މުދަރިސުންގެ ޢަދަދަކީ 39 އެވެ. ބިދޭސީ މުދައްރިސުންގެ ޢަދަދަކީ 11 އެވެ. ކުރެންދޫގައި ހުރި ޕްރީ ސްކޫލްގެ ޢަދަދަކީ 1 އެވެ. އަދި ޤުރުޢާން ކްލާހުގެ ޢަދަދަކީ 2 އެވެ.

ސިއްޙީ ޙާލަތު:

ކުރެންދޫގައި ހުންނަނީ ސިއްޙީމަރުކަޒެކެވެ. މިތަނުގައި ހުރި އެނދުގެ ޢަދަދަކީ 10 އެވެ. ލެބޯޓަރީގެ ޢަދަދަކީ 01 އެވެ. ޑޮކްޓަރުންގެ ޢަދަދަކީ 1 އެވެ. ތަރުޖަމާނުންގެ ގޮތުގައި 02 މުވައްޒަފުން މަސައްކަތް ކުރެއެވެ. އަދި ނަރުހުންގެ އަދަދަކީ 6 އެވެ. އެއީ ދިވެހި 03 ނަރުހުންނާއި ބިދޭސީ 03 ނަރުހުންނެވެ. ފެމެލީ ހެލްތް ވޯރކަރުންގެ ގޮތުގައި 03 މީހުން މަސައްކަތް ކުރެއެވެ. ސިއްޙީމަރުކަޒުން ލިބެން ހުރި ޙިދުމަތްތަކުގެ ތެރޭގައި ކުޑަކަމުދާއެއްޗެތީގެ ޓެސްޓާއި، ލޭގެ ޓެސްޓް، ހަކުރު ޓެސްޓް ހިމެނެއެވެ. އަދި ކުރެންދޫގައި 02 ފާމަސީ ހުރެއެވެ.

ދީނީޙާލަތު:

ރައްޔިތުންގެ އަމިއްލަ ޙަރަދުގައި އިމާރާތްކޮށްފައިވާ 03 މިސްކިތް ހުރެއެވެ. މީގެތެރެއިން 02 މިސްކިތުގައި ހުކުރު ކުރެއެވެ. ތިން މިސްކިތުގައި 03 އިމާމުން ތިބެއެވެ. މީގެތެރޭގައި ވަގުތީ 02 އިނާމުން ހިމެނެއެވެ. އަދި ހުކުރު ކުރުމުގެ ހުއްދަ ދެއްވާފައިވާ 05 ބޭކަލުން ތިއްބަވައެވެ. ކައިވެނި ކޮށްދިނުމުގެ ހުއްދަ އޮންނަ 02 ބޭފުޅުން ތިއްބަވައެވެ. ކުރެންދޫގައި މެޖިސްޓްރޭޓް ކޯޓެއް ހުރެއެވެ. ކޯޓުގައި މަސައްކަތް ކުރައްވާ ޤާޒިންގެ ޢަދަދަކީ 01 އެވެ.

އިޖްތިމާޢީކަންކަން:

ކުރެންދޫގައި ޒުވާނުން ވަގުތުތައް ހޭދަކޮށްލުމަށްޓަކައި ޒުވާނުންގެ މަރުކަޒެއްގެ ޚިދުމަތް އަންނަނީ ލިބެމުންނެވެ. ޒުވާނުންގެ މަރުކަޒުން އީ-ސެންޓަރެއްގެ ޚިދުމަތްވެސް ލިބެން ހުރެއެވެ. އަދި ޒުވާނުން ކުޅިވަރު ކުޅުމަށްޓަކައި ފުޅުބޯޅަދަނޑެއްވެސް ވަނީ ބިނާކުރެވިފައެވެ. އަދި އަންހެންކަނބަލުންނަށް ޚާއްސަކޮށް ބަށިކޯޓެއްވެސް ވަނީ ބިނާކުރެވިފައެވެ. އަދި ފުޓްސަލް ދަނޑެއް ބިނާކުރުނުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އިޖުތިމާޢީ އެކިއެކި ޙަރަކާތް ހިންގުމަށް 13 ޖަމުއިއްޔާ ކުރެންދޫގައި އޮވެއެވެ. ކުރެންދޫއިން ހިނަވާ ގެެއެއްގެ ޙިދުމަތްވެސް ލިބެން ހުރެއެވެ. މިރަށުގައި ހުރި ފިނިމައިޒާނުގެ އަދަދަކީ 06 އެވެ.

ވިޔަފާރި އާއި ސިނާއީ ކަންކަން:  

ކުރެންދޫގައި 29 ފިހާރަ ހުރެއެވެ. އަދި 04 ވަޑާންގެ ހުރެއެވެ. ކުރެންދޫގައި ހުރި ގެސްޓުހައުސްގެ އަދަދަކީ 02 އެވެ. ކުރެންދޫއަށް ނިސްބަތްވާ ސަފާރީގެ އަދަދަކީ 18 އެވެ. ސަފާރީ މަސްވެރިކަންކުރާ 03 ލާންޗް އޮވެއެވެ. ރަސްމީކޮށް 04 ދަނޑުވެރިން ތިބެއެވެ. ފަރުމަހުގެ މަސްވެރިކަންކުރަނީ 04 ދޯންޏެވެ. އަދި ކަނޑުމަހުގެ މަސްވެރިކަން ކުރާ 04 ދޯނި އޮވެއެވެ. ކުރެންދޫގައި 02 ކެފޭ ހުރެއެވެ. ކޭބަލްޓީވީގެ ޚިދުމަތްދޭ 02 ފަރާތް ކުރެންދޫގައި ހަރަކާތްތެރިވެއެވެ. އިންޓަނެޓުގެ ޚިދުމަތްދޭ ފަރާތްތަކުގެ އަދަދަކީ 01 އެވެ.

ދަތުރު ފަތުރު:

މުދާ އުފުލާ 03 ދޯނި އޮވެއެވެ. ކުރެންދޫ ރައްޔިތުން މާލެ ދަތުރު ކުރުމަށާއި މުދާއުފުލުމަށް ބޭނުންކުރަނީ މިދޯނި ތަކެވެ. މާލެއާއި ކުރެންދޫއާއި ދެމެދު މިދޯނިތައް ހަފްތާޔަކު 03 ދަތުރު ކުރެއެވެ. އަދި މީގެ އިތުރުން ލާންޗް ފެރީގެ ޚިދުމަތްވެސް އަންނަނީ ލިބެމުންނެވެ. އެގޮތުން ހަފްތާޔަކު 03 ދަތުރު މާލެއިން ކުރެންެ